ރޯދައަށް ހުންނައިރު ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާންޖެހޭ!

ރަމަޟާން މަހަކީ އަޅުކަމާއި މަޣްފިރަތުގެ މައްސަރެވެ. ޤުރްއާން ކިޔެވުމާއި ރޭއަޅުކަންކުރުމުގެ މައްސަރެވެ. ހިދާޔަތުގެ މައްސަރެވެ. ރަމަޟާން މަހަކީ އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. ރޯދައިގެ އަޅުކަމުގައި ރޫޙާނީ އިޖްތިމާޢީ، ސިއްޙީ ގިނަގުނަ ފައިދާތަކެއްވެއެވެ. ރޯދަ އަހަރެމެންނަށް ކެތްތެރިކަން ދަސްކޮށްދެއެވެ. ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައެވެ. ރޯދައަކީ މުސްލިމުންގެ އަޚްލާޤު ތަހުޒީބުކޮށް ތަރައްޤީކޮށްދޭ އަޅުކަމެކެވެ. ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ވެއެވެ. މިގޮތުން ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާންޖެހެއެވެ. އަދި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން […]