މައުލޫމާތު: ކަށްޓަފުޅި

ކައްޓަފުޅި އަކީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށުން ފެންނަ ތިލަ ހިސާބުތަކުގައި ދިރިއުޅޭ ރީތި މަހެކެވެ. މި މަހަކީ ކުޅިތަކާއި ގޮނޑުދޮށްތަކުގައި އައިނު ހަދައިގެން އުޅޭ ދުވެލިބާރު މަހެކެވެ. މި މަހަކީ ވަޅުތަކާއި މަސްޓޭންކުތަކުގައިވެސް ގެންގުޅޭ މަހެކެވެ. މި މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 10 ހަރުކައްޓާއެކު 9-11 ދެމެދުގެ މަޑުކަށި ހުރެއެވެ. ބަނޑުދައްފަރާތުގައި 3 ހަރުކައްޓާއެކު 9-11 މަޑުކަށި ހުރެއެވެ. ކަރުތާފަތުގައި ހުޅުނބާއި ދެކަށި ހުރެއެވެ. މަތީބައިގައި އަޅިކުލަ ހުންނަ މި މަހުގެ ބަނޑުދަށުގައި ހުންނަނީ ރިހިކުލައެވެ. މަހުގެ […]