ޒުވާނުންނަށް ވަޒީފާ ދޭންޖެހޭ މުހިންމު ސަބަބުތައް

ވަޒީފާ ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ކިޔަވައިގެން އައިސް މަތީ ތައުލީމާއި ފާސްތައް ހުރެ ވަޒީފާއެއް ލިބުމުގެ އިންތިޒާރުގައި ތިބެނީ ކިތައް މީހުންތޯއެވެ. ވަޒީފާތައް މަދުވަނީތޯ ނުވަތަ އާބާދީ ގިނަވަނީތޯ މިއީ އުފެދޭ ސުވާލެކެވެ. ވަޒީފާ ނެތި ހުހަށް ތިބެންޖެހުމުން ދެން ދިމާވާ ކަންކަމުގެ ސަބަބުން މުޖުތަމައުއަށް ގެއްލުން ލިބިގެންދެއެވެ. ތަފާތު ބޭނުންޖެހޭ މިންވަރު އިތުރުވެ ފައިސާ ލިބޭނެ ގޮތެއް ނެތުމުގެ ސަބަބުން މުޖުތަމައުގައި ކުރާނެކަމެއް ނެތިފައި ތިބޭ ޒުވާނުންގެ އަޚްލާގީ ފެންވަރު ދަށްވުމަކީވެސް ދިމާވާ ކަމެކެވެ. […]