ރޯދަވީއްލާ ގަޑީގައި ކެއުން ގެންގުޅެންވީ ގޮތްތައް؟

ރޯދަމަހަކީ މާތްވެގެންވާ މައްސަރެކެވެ. ރޯދަމަހުގެ މާތްކަމާއި ބަރަކާތްތެރިކަމުގެ އިތުރުން އާއިލީ އެކުވެރިކަންވެސް އުފެދިގެންދާނެ މަހެކެވެ. ތަފާތު ވައްތަރުތަކުގެ ކެއުންތައް ބާއްވައި އެކުވެރިކަން އާލާވެގެންވެސް ދާނެ ދުވަސްވަރެކެވެ. އެކުގައި ރޯދަވީއްލުންތައް ބާއްވައި އެކުގައި ތަރާވީހު ނަމާދުތަކަށް ދިއުންފަދަ ކަންކަން ކުރަންވެސް ފުރުސަތު ލިބިގެންދެއެވެ. ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ އަހަރުގެ ތެރޭގައި އަންނަ އެންމެ އުފާވެރި މައްސަރަށް ވެގެންދެއެވެ. ރަަމަޟާންމަހުގެ ކެއުން ބުއިމުގެ އާދަކާދަތައް ބައްޓަން ކުރަންޖެހޭނީ ސިއްހީގޮތުން ގެއްލުން ނުވާނެފަދަ ގޮތަކަށެވެ. ޚާއްސަކޮށް ހާރު ކެއުމުގައި ބޭނުންކުރަން […]