އާއިދާ: ވީއޭއެމްގެ ފުރަތަމަ އަންހެން ނައިބު ރައީސް، ވޮލީއަށް ހިތްދޫވީ އަހުމަދިއްޔާއިން!

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއެމްއެމްގެ) ހިންގާ ކޮމިޓީގެ އާ ދައުރަކަށް މި ހިނގާ 2024 ވަނަ އަހަރު އިންތިހާބު ކުރިއިރު އެންމެ ބޮޑު ހައިރާންކަމަކާއި ހިތްހަމަޖެހުމެއް ލިބުނީ ވީއޭއެމްގެ ނައިބުރައީސް ކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު އިންތިހާބު ކުރުމުންނެވެ. އެއީ އަހުމަދިއްޔާ ސުކޫލުން ފިޔަޖަހާލި ކުޅިވަރު ތަރިއެކެވެ. އަހުމަދިއްޔާ ސުކޫލުގައި ގްރޭޑް 5 ގައި އުޅުނުއިރު އިންޓަރ ކްލާސް ފުޓްބޯޅަ މުބާރާތެއްގައި ކުޅެން ފެށި އާއިދާ އަބްދުލް ހަކީމް (އާއި) އެވެ. އާއި އަށް ވޮލީގެ […]