އައިޝާމިސް: ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރުމުގައި މެދުނުކެނޑި 36 އަހަރު

މިފަހަރު 'ޒީޓައިމްސް'ގެ ފަރުދުން ކެޓަގަރީގައި މިގެނެސްދެނީ ތަޢުލީމީ ދާއިރާގައި މުދައްރިއްސެއްގެ ގޮތުގައި މެދުކެނޑުމެއްނެތި 36 އަހަރު ޚިދުމަތް ކޮށްފައިވާ އަދި މިހާރުވެސް އެތައް ދަރިވަރުންތަކަކަށް ކިޔަވައިދެއްވަމުން އަންނަ ހިރިޔާ ސްކޫލުގެ ޕުރައިމަރީ ޓީޗަރ އައިޝަތު އަލިފުޅު (އައިޝާމިސް)ގެ ހީވާގި އިޚުލާސްތެރި ޚިދުމަތުގެ ވާހަކައެވެ. ރ.އަތޮޅު މަދަރުސާގެ އިތުރުން ޅ.ހިންނަވަރުގައި ހުންނަ ޅ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންގެ އުނގެނުމަށްވެސް ވަނީ ނުހަނު ގިނަ މަސައްކަތް ކޮށްދެއްވާފައެވެ. ކިޔަވައިދިނުމުގެ މަސައްކަތުގެ އިތުރުން އައިޝާމިސް ވަނީ ގާލްގައިޑް އަދި ލިޓްލްމެއިޑް ލީޑަރެއް […]
ކުރުވާހަކަ: މަޖުބޫރަކުން

އަހަރެން ފޯނު ބަލައިލީމެވެ. ފުރަން ދާން ގަޑި ޖެހެނީއެވެ. އަހަަންނާއި އެކު ފުރާ އެހެން ކުދިން ގަޑިއަށް ލޯންޗް ކައިރިއަށް ދާން އަހަރެން އޮތީ ބުނެފައެވެ. އަހަންނަކީ ދަތުރު އެންމެ އިސްކޮށް ހަމަޖެއްސި މީހާއެވެ. އެހެންވުމުން އެހެން މީހުންނަށް އަހަރެން ނަމޫނާއަކަށް ވާންވާނެތާއެވެ. ގެއިން ނިކުންނަމުން މަންމަ އާއި ބައްޕަގެ ގައިގައި ބައްދާލީމެވެ. އަހަރެން ނިކުންނަންދެން އެދެމީހުން ބަލަހައްޓައިގެން ތިބީ ވަރަށް ލޯބިންނެވެ. ނަސީބު ވަރަށް ރަނގަޅެވެ. އެންމެ ކުރިން ދެވުނީ އަހަންނަށެވެ. އަހަރެންނަކީ އަބަދުވެސް ގަޑިއަށް […]