ސްޓްރޯބެރީ: ހައިރާންކުރުވަނިވި އެތައްފައިދާތަކެއް

ސްޓްރޯބެރީ އަކީ މީރު އަދި ބަލާލަންވެސް އެހާމެ ރީތި މޭވާއެކެވެ. ސްޓްރޯބެރީއަކީ ވަކި މޫސުމެއްގައި އަގުހެޔޮކޮށް ގިނައިން ގަންނަން ލިބެން ހުންނަ އެއްޗެއް ކަމުގައިވިޔަސް އެހެން މޫސުންތަކުގައިވެސް މަދުން ލިބެން ހުރެއެވެ. ސްޓްރޯބެރީ ހެދެނީ އާއްމުކޮށް ފިނިތަންތާގައެވެ. ރާއްޖޭގައި ސްޓްރޯބެރީ ލިބެން ހުންނަނީ ބައެއް ރަށްރަށުގައެވެ. އަދި ލިބެން ހުންނަނީ އެހާ ތާޒާކޮށެއްވެސް ނޫނެވެ. މިއީ ކުޑަކުދިންގެ މެދުގައިވެސް ވަރަށް މަޝްހޫރު އެކުދިން އެންމެ ގަޔާވެގެން ކައިއުޅޭ އެއް މޭވާއެވެ. ސްޓްރޯބެރީން ލިބިދޭ ގިނަ ފައިދާތައް އެނގުން […]