މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް މުހިންމުވަނީ ކީއްވެ؟

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ކީކޭ؟ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެކަމަކު ޤާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ބޭނުންވާ ބިލްތައް ފާސްނުވެއްޖެނަމަ ސަރުކާރަށް ވާނީ ކިހިނެއް؟ ބޭނުންވެއްޖެ ކޮންމެ ކަމަކާ ބެހޭގޮތުން، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތީން ޤާނޫނު ހެދުމާއި، ޤާނޫނަށް ބަދަލުގެނައުމާއި، ޤާނޫނު ބާޠިލްކުރުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ވޭތުވެދިޔަ 3 ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުކުރި ގޮތަށް […]