ފޮޓޯ: ތިރީހާ ރަންތަރި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު

ތިރީހާ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ބޭއްވި ތިރީހާ ރަންތަރި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއެވެ. މި ރަސްމިއްޔާތު ބޭއްވީ ރޭގެ ވަގުތެއްގައި އިސްލާމިކް ޔުނިވަރސިޓީ ހޯލުގައެވެ. ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ހިތުން ކިޔެވުމުގެ ގޮފީގެ އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނާއި އަދި މުޅި މުބާރާތު އެއްވަނަ ދެވަނަ އަދި ތިންވަނަ ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ. އެކި އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި […]
ކުރުވާހަކަ: އިންތިހާ

އެއީ ރަނގަޅު ވާހަކައެކެވެ. އަހަރެން އުފަންވީއްސުރެ އަހަންނަކަށް އެންމެ ރަނގަޅަށް އަޑެއް ނީވެއެވެ. އަހަރެންގެ މައިންބަފައިންވެސް ތިބީ އެގޮތަށް ނިންމައިގެންނެވެ. ޑޮކްޓަރަށްވެސް ދެއްކިއެވެ. ޑޮކްޓަރުގެ ޖަވާބަކީވެސް އަހަންނަށް އަޑު ނީވޭނެ ކަމަށެވެ. އަހަރެންގެ މައިންބަފައިން އަހަރެން ގެންގުޅެމުން ދިޔައީ ވަރަށް ފަރުވާތެރި ކަމާއި އެކުގައެވެ. އަޑު ނީވޭތީ ކުރިމަތިވަމުން ދާނެ ކަންތަކަށް ކެތްތެރިކަމާއިއެކު ކުރިމަތިލަމުންނެވެ. އަހަރެންގެ އުމުރުން ހަތަރު އަހަރު ވީތަނާހެން އަހަރެންގެ މަންމަ އެހެން ކުއްޖަކަށް ބަލިވެ އިނެވެ. އަހަރެން ވަރަށް އުފާވިއެވެ. ލޯބި ކޮއްކޮއެއް […]