އެހެންމީހުންނާމެދު ވިސްނާ ސްކޫލަށް ވަންނަ ދޮރުމަތީގައި ވެހިކަލް ޕާކުކުރުން ހުއްޓާލަމާ ހިނގާ!

އާންމުކޮށް ކުރަންޖެހޭ ކަންތައްތައް ގިނަކަމުން ކޮންމެ މީހަކީވެސް ބިޒީ މީހެކެވެ. ހެނދުނު ހޭލުމަށްފަހު އެންމެންވެސް އަވަސްވެގަންނަނީ އެމީހަކު އެދުވަހެއްގައި ކުރަން ހުންނަ މަސއްކަތްތައް ކުރުމުގައެވެ. ތިމާމީހާ ގަޑިއަށް ތަންތަނަށް ދާން ބޭނުންވާފަދައިން އެހެންމީހުންވެސް އެގޮތް ބޭނުންވާނެކަމަށް ގަބޫލުކުރަންވާނެއެވެ. ދަރިފުޅު ބަލާ ސްކޫލްދޮށަށްގޮސް ސްކޫލުގެ ދޮރާށި ކުރިމަތީގައި ސައިކަލް ނުވަތަ ކާރު ޕާކުކުރުމަށްފަހު ހޭދަވާ ކޮންމެ ވަގުތުކޮޅަކީވެސް އެހެންމީހަކަށް އެކަމުގެ ސަބަބުން އުދަނގޫތަކެއް ކުރިމަތިވާ ކަމެއްކަން ނުވިސްނެނީބާއޭ ހިތަށް އަރައެވެ. އެހެން ހެދުމުން ސްކޫލަށް ދަރިފުޅު ބަލާދާ މީހުން […]