ޤައުމީ ދިދައާއި ޤައުމީ ޖޯޝުން އުފާވެރިކަމުގެ މަރުހަބާއެއް އަލަށް ހޮވިވަޑައިގެންނެވި މެންބަރުންނަށް!

އާޓިފިޝަލް ބީޗުގެ މުޅި ސަރަހައްދު އޮތީ ފުރި ބާރުވެފައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުންދިޔައީ އާދަޔާޚިލާފު އުފާވެރިކަމެކެވެ. ބުނާކަހަލައެވެ. ތާއީދު ކުރި ކެންޑިޑޭޓް ހޮވުނީއެވެ. އުންމީދާއި ޖޯޝުން ފުރިފައިވާ އެ މާހައުލަށް އިތުރު އުފާވެރިކަމެއް ގެނެސްދިނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަޑައިގަތުމާއެކުއެވެ. މުޅިސަރަހައްދު ގުގުމައިގެން ދިޔައީ އަތްތިލަބަޑީގެ އަޑުންނެވެ. ނައިބުރައީސްގެ ދެކަނބަލުންނާއި މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން މެންބަރުކަމަށް އަލަށް ހޮވިވަޑައިގެންނެވި ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 'ދިވެހީންގެ ރާއްޖެ މަޖިލީހަށް- މަރުހަބާ' މި […]