ވާހަކަ: މެންދަން - ފުރަތަމަބައި

އޮއްސެމުންދިޔަ އިރާއި އެކު ޝަރީފާ ދިޔައީ ކައްކަން ތައްޔާރު ކުރަމުންނެވެ. އެއީ ޝަރީފާގެ އާދައެވެ. ފިރިމީހާ މަހުން ލަފަންވާއިރަށް މަސް ކައްކަން ތައްޔާރު ކޮއްފައި ބަހައްޓަނީ ފަސޭހަ ކޮއްލުމުގެ ބޭނުމުގައެވެ. ޝަރީފާއަށް ލިބިފައިވާ ތިން ކުދިންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރީ ހަމައެކަނި އަންހެން ކުއްޖެކެވެ. އެއީ އެންމެ ދޮށީ ދަރިފުޅެވެ. އެހެން ކުދިން ގޮތް ނޭނގޭ ބައްޔެއް ޖެހިގެން މަރުވީއެވެ. ބައެއް މީހުން ބުނާ ގޮތުން އެކުދިން މަރުވީ ބަޔަކު މީހުން ހެދި ފަންޑިތައިންނެވެ. އެކަން […]