ސްޓެމް ކޮމިއުނިޓީއެއް އުފެއްދުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފާހަގަކުރައްވާފަ!

އުފެއްދުންތެރިކަމާއި ދިމާވާ ކަންކަން ހައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށްޓަކައި "ސްޓެމް ކޮމިއުނިޓީ" އެއް އުފެއްދުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ ފާހަގަކުރައްވާފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި މިއަދު ވާހަކަދައްކަވަމުން އެކަމަނާ ވިދާޅުވީ ސައިންސާއި ޓެކްނޮލޮޖީއާއި، އިންޖިނިއަރިންގ އަދި ހިސާބު ހިމެނޭ "ސްޓެމް" ދާއިރާތަކަކީ މުޖުތަމައުގައި އާ ކަންތައްތަކާއި އުފެއްދުންތެރިކަމުގެ ބިންގާ ކަމުގައެވެ. ދުނިޔޭގެ ދިރިއުޅުން ބައްޓަން ކުރުމުގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުން ނިސްބަތްވަނީ ސްޓެމްގެ އެކިއެކި ފަންނުތަކަށްކަން ފާހަގަކުރެއްވިއެވެ. އަދި މުޖުތަމައުގައި […]
މާބޮޑަށް އެކަނިވެރިވަނީތަ؟ މިކަންކަން ކުރުމަށް ވިސްނާލިންތަ؟

އެކަނިވެރިކަން އިހްސާސްވާނަމަ މާޔޫސްވާން ދިމާވެއެވެ. މިގޮތަށް ދިމާވުމުން މީހާ ނަފްސާނީގޮތުން ބަލިކަށިވެއެވެ. މާބޮޑަށް ކަންކަމާއި ފިކުރުބޮޑުވެެއެވެ. ތިމާއަކީ ބޭކާރު މީހެއް ކަމުގައިވެސް ދެކެވެން ފަށައެވެ. އަބަދު ފޫހިވެފައި ހުރެވެއެވެ. މީހުންނާއި ވާހަކަ ދެއްކުން މަދުވެ ކާހިތްނުވުން ކަހަލަ ކަންތައްތައްވެސް ދިމާވެއެވެ. މިހެން ދިމާވާ ސަބަބުތަކެއްވެސް ހުރެއެވެ. މިހެން ދިމާވުމުގެ ކުރިން މިކަމާމެދު ވިސްނައި މިކަމަށް ހައްލެއް ހޯދުމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ. މިގޮތުން މިކަންކަމުން އަރައިގަތުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލާލުން މުހިއްމެވެ. ގަޔާވާ ކަހަލަ […]