އޮފީސް މާހައުލުގައި މުވައްޒަފުން ތަފާތު ނުކުރަމާ!

މަސައްކަތުގެ މާހައުލުގައި އުޅޭއިރު އެކަކުއަނެކަކާ ޖައްސާލައި އެކަކަށްވުރެ އަނެކަކު ކުރިއަރަން މަސައްކަތް ކުރުމުގެ ވާދަވެރިކަން ވަރަށް ބޮޑަށް އޮވެއެވެ. މިކަހަލަ ކަންކަމާހެދި މުވައްޒަފުންގެ މެދުގައި ފިތުނަފަސާދަ އުފެދި ބައިބައިވުންތައްވެސް އޮވެއެވެ. މިކަމުގެ ސަބަބުން މަސައްކަތަށް ބުރޫއަރާގޮތްވެއެވެ. ބައެއްފަހަރު އެކަކު އަނެކަކަށް ޖެއްސުމަށް މަސައްކަތްތައް ނުކޮށްވެސް ބަހައްޓައެވެ. އޮފީސް މާހައުލުގައި ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން ބޮޑެތި މައްސަލަތައްޖެހި މުވައްޒަފުން ވަކިވާ ހިސާބަށްވެސް ދެއެވެ. އޮފީހަކީ ދެވަނަ ގެ ކަމުގައި ހަދަން ޖެހެއެވެ. އެކުވެރިކަމާއި ލޯބިން ފުރިގެންވާ ތަނަކަށް ހެދުމަށްޓަކައި […]