6 އަހަރުގެ ނައުޝީން ލިޔެފައިވާ ވިސްޕަރސް އޮފް ވޮންޑަރ - ބައި ނައުޝީން އިފްތިތާހްކުރުން

6 އަހަރުގެ މަކީނާ ނައުޝީން އަލީ ލިޔެފައިވާ ފޮތެއް އިއްޔެ ވަނީ އިފްތިތާހް ކޮށްފައެވެ. މިފޮތުގައި ލިޔެފައިވަނީ ނައުޝީން އެކި ދުވަސްމަތިން ހަދާފައިވާ ޅެންތަކެވެ. މިގޮތުން ވަށައިގެންވާ މާހައުލުން ދިމާވާ ކަންތައް ފަށުވި އިބާރާތަކުން ކުޑަކުއްޖެއްގެ ހިތަށްއަރާ އެއްޗެހި މަޖާ ގޮތަކަށް މިފޮތުގައި ހިމަނާފައިވެއެވެ. މިފޮތް ނެރެފައިވަނީ ނައުޝީންގެ 7 ވަނަ އުފަންދުވަހުއެވެ. މިފޮތަކީ ނައުޝީންގެ މަންމަ ދިމްނާ ފާކިރު (ދިމީ) އާއި ބައްޕަ ކާނަލް އަލިމަނިކު (ދާރީ) ނައުޝީން ކުރި މަސައްކަތް ބަލައިގަނެ އުފަންދުވަހަށް ހަދިޔާއަކަށް […]
އަޒުމަކީ ދިވެހި މަސައްކަތްތެރިންނަށް ފުދުންތެރި ފާގަތި ދިރިއުޅުމެއް ހޯދައިދިނުން- ރައީސުލްޖުމްހޫރިއްޔާ

މިއަދަކީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހެވެ. މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފޮނުއްވި ޚިޠާބުގައި ވިދާޅުވީ އުންމީދު އަދި ޢަޒުމަކީ، މާތް ﷲގެ ވާގިފުޅާއި، މިންވަރުފުޅާއެކު ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި 5 އަހަރުގެ ތެރޭ ހޯދައިދެއްވުންކަމުގައެވެ. ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އެކި ދާއިރާތަކުން ޤައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ޙިއްޞާދާރުންނަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި ހީވާގި މަސައްކަތްތެރީން ކަމުގައި ފާހަގަކުރެއްވިއެވެ. " ދިވެހި ސަރުކާރު ހިންގުމާ އަޅުގަނޑުމެން […]