ފުލައިޓުގައި ގިނައިރުވެ ނުނިދޭނަމަ ވިސްނަންވީ ކަންތައްތައް!

ދިގުދަތުރެއް ކުރާއިރު ފްލައިޓުގައި ނިދާލުމަށް ކޮންމެ މީހަކުވެސް ތައްޔާރުވަނީ އެންމެ ބޭނުންވާ ގޮތަށެވެ. ފްލައިޓްގައި ނިދާލުމަށްޓަކައި ވަކިގޮތަކަށް ތައްޔާރުވެލައިގެން ފްލައިޓަށް އެރުމުން މީހާ ތާޒާވެފައި ނިދާލަން ފަސޭހަވާނެއެވެ. އާއްމުކޮށް ބައެއް މީހުން ފްލައިޓުގައި ނިދާއިރު ގުގުރިދަމާނަމަ ކައިރީގައި ތިބޭ މީހުންނަށް ނިދަން އުދަގޫވާނެއެވެ. އާއްމުކޮށް ފްލައިޓުގައި ދަތުރުކުރާއިރު ނޭފަތް ބެދުން ކަހަލަ އުދަގޫތައް ދިމާވެ ކަންފަތަށް ތަދުވެ ނިދަން އުދަގޫވެސް ވެއެވެ. ފުލައިޓުގައި އަރާމު ނިންޖެއް ނިދާލަން ބޭނުންނަމަ މިކަންތައްތަކާމެދު ސަމާލުވެލުން މުހިއްމެވެ. ކުޅިކޮށް ނުވަތަ ތެލުލި […]