ޑރ. ރަމްޝާ: ހިދުމަތްތެރި މިސާލެއް، ވަކިވެގެން އެދިޔައީ ޤައުމު ރޮއްވާލާފަ

ކުޅިވަރާއި އިންސާނީ ހިދުމަތުގައި އަގުނުކުރެވޭފަދަ އެތަކެއް އިިހްސާންތެރި ހިދުމަތްތަކެއް ކުރެއްވި ސިއްހީ ހިދުމަތްތެރިޔާ ޑރ. އާމިނަތު ރަމްޝާ 2 މޭ 2024 (އިއްޔެ) މި ފަނާވަނިވި ދުނިޔެ އާއި ވަކިވެވަޑައިގެންނެވީ ޤައުމު ރޮއްވާލާފައެވެ. ކެންސަރު ބަލީގެ އާލާސްކަމުގައި ދުވަސްތަކެއް ހޭދަކުރެއްވި އެ އޯގާތެރި ޑޮކްޓަރަކީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ހިދުމަތްތެރިއެވެ. އަގުނުކުރެވޭ ފަދަ ގައުމީ އަދި އިންސާނީ އަދި ދަރުމަވެރި އެތައް ހިދުމަތް ގައުމާއި ރައްޔިތުންނަށް ކޮށްދެއްވީ ނުހަނު […]
މިނިވަން ނޫސްވެރިކަމޭ ބުނެ ދޮގު ޚަބަރު ފެތުރުމަކީ ގިނަބައެއްގެ ކަންބޮޑުވުމެއް!

" ނޫސްވެރިންގެ އެންމެ ބޮޑު ޤައުމީ ޒިންމާއަކީ، ތެދުބަހުން ހަގީގަތް ހާމަކޮށްދީ ހޭލުންތެރިކޮށްދިނުމެވެ". ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހިއްސާކުރެއްވި ޕޯސްޓްގައި ވެސް ފާހަގަކުރައްވާފައިވެއެވެ. މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަން ދުވަހަށް ވާއިރު މި ދުވަހުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި ދިވެހިރާއްޖޭގައި ހިންގަމުން އަންނަ ބައެއް ނޫސް ވެބްސައިޓް ތަކުންނާއި ޓީވީ ޗެނަލްތަކުން ކަނޑައެޅިގެން ދޮގު ޚަބަރު ފެތުރުމެވެ. ހަގީގަތް ބަލަން ބޭނުން ނުވަނީއެވެ. ތިމާ ހިތަށް […]