ލޭއަޅާ މީހަކަށް ވުމަކީ ފަސްޖެހެންވީކަމެއް ނޫންކަން ސުހާ ސާބިތުކޮށްދީފި، މިއީ ނަމޫނާއެއް

މަރިޔަމް ސުހާ އަކީ ތެލަސީމިއާ ބަލި ތަހަންމަލު ކުރާ ޒުވާނެކެވެ. މާލެއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ސުހާ އަކީ ހާރިޖީ ވުޒާރާގައި ޒިންމާދާރު ވަޒީފާއެއްގައި އުޅޭ މުރާލި ހީވާގި ޒުވާނެކެވެ. ލޭއަޅަން ޖެހުނަސް އާދައިގެ މީހެއް ފަދައިން ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލްކުރެވޭނެ ކަމާއި، އާންމު ދިރިއުޅުމެއް އުޅެވިދާނެކަން ސުހާ ވަނީ ސާބިތު ކޮށްދީފައެވެ. އުމުރުން 6 މަހުން ފެށިގެން އޭނާ އަންނަނީ ގަވާއިދުން ލޭ އަޅަމުންނެވެ. މިހާރުވެސް މަހަކު ދެ ފަހަރު ލޭ އަޅަންޖެހޭ […]