ކުޑަކުދިން ބޮޑެތިކުރަންވާނީ އިސްލާމީ އުސޫލުތަކަށް ކަމޭހިތައި އުޅުންހުރި ޖީލެއްގެ ގޮތުގައި - ރައީސް

ކުުޑަަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްމުޖްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދެއްވި ޚިޠާބުގައި ވަނީ ކުޑަކުދިންގެ ދުވަހުގައި ހިތަށްވެރިވާ އުފާވެރި އަދި އުންމީދީ އިހްސާސްތަކާއެކު ހިތާމަވެރި އަސަރުކުރުވާކަމެއް އޮތްކަމަށް ވިދާޅުވެފައެވެ. އެއީ ފަލަސްޠީނުގެ ބިމުގައި އަނިޔާ ލިބި ބިކަ ހާލުގައި ޖެހެމުންދާ އެތައް ހާސް ކުޑަކުދީންކަމުގައި ވަނީ ވިދާޅުވެފައެވެ. " އިޒްރޭލުގެ އަނިޔާވެރި އަތްތަކުގެ ޝިކާރައަކަށްވެ ހަޔާތުގެ ޅަނދޮޅު ފޯވަހީގެ އެންމެ ހިތްފަހި ދުވަސްތަކުގެ އުފަލާއި ތަޢުލީމާއި އާއިލީ ލޯބިން މަހްރޫމްވަމުންދާ މައުސޫމް ކުދިންނަކީ ހަމަ އަޅުގަނޑުމެންގެވެސް ދަރިން. […]
އަމިއްލައަށް ކާތަށި ދޮވުން އެއީ ފިރިހެނަކަށްވީތީ ކުރަން ލަދުގަންނަންޖެހޭ ކަމެއްތަ؟

ރޭގަނޑުގެ ކެއުމަކަށް ދައުވަތުލިބިގެން އާއިލާއާއެއްކޮށް ރައްޓެއްސެއްގެ ގެއަށް ދިޔައީމެވެ. ކެއުން ތައްޔާރުކޮށްފައި ހުރީ ވަރަށްވެސް ފުރިހަމަކޮށެވެ. ސުފުރާމަތި ފުރާލާފައިހުރީ ތަފާތު ވައްތަރުގެ ކެއުމުގެ ބާވަތްތަކުންނެވެ. ވަރަށްވެސް ފުރިހަމަ މެހެމާންދާރީއެއް އެކުވެރިޔާގެ ގެއިން ލިބުނެވެ. އެންމެ ކުޑަ ކުއްޖާއިން ފެށިގެން މާމަ/ކާފަ އާއި ހަމައަށް އެންމެންވެސް މަރުހަބާކީ ވަރަށްވެސް ރީތި ހިނިތުންވުމަކާއެކުގައެވެ. "އެދުވަހު އިހުސާސްވީ އާއިލީ ގުޅުމަކީ ކިހާ އުފާވެރި ގުޅުމެއްކަން" ގެއެއްގެ މާހައުލުން އެފަދަ މަންޒަރެއް ފެނުމުން މިޒަމާނުގައިވެސް އާއިލީ ގުޅުން ދަމަހައްޓާ ބަޔަކު އުޅޭކަން އެނގުނެވެ. […]