އަގުބޮޑު ސެންޓުގެ ބަދަލުގައި މިކަންކަން ކޮށްގެން ގައިން މީރުވަސް ދުއްވުން ކިހިނެއްވާނެ؟

އިންސާނެއްގެ ނޭފަތުގައި ވަސްދެނެގަތުމުގެ ގޮތުން 400 އެއްހާ 'ރިސެޕްޓަރސް' ހުރެއެވެ. އާންމުކޮށް މީރުވަސްދުވާ ތަކެއްޗަށް ގިނަމީހުން ހިތްކިޔާނެއެވެ. އެގޮތުން މިބަލާލަނީ އަގުުބޮޮޑު ސެންޓުފަދަ ތަކެތި ބޭނުންކުރުމުގެ ބަދަލުގައި ގައިން މީރުވަސް ދުއްވަން ބޭނުންކުރެވިދާނެ ގޮތްތަކެކެވެ. ކެއުމުގައި މަސް(ރެޑްމީޓް) ހިމަނާ މިންވަރު މަދުކުރުން ބައެއް ދިރާސާތަކުން ދައްކާގޮތުން ނުބައިވަސް ދުވަނީ އެމީހާގެ ގައިން ނުުކުންނަ ދަލުގެ ސަބަބުންނެވެ. ގިނަ އަދަދަކަށް ފެޓްއެކުލެވޭ ރެޑްމީޓް ގިނައިން ކެއުމުގެ ސަބަބުންނާއި ބްރޮކޮލީ ފަދަ ބައެއް ތަރުކާރީ ކެއުމުންވެސް ނުބައިވަސް ދުވައެވެ. މިތަކެތި […]