ވާހަކަ: މެންދަން- ހަތަރުވަނަބައި

ފާއިޒުގެ މަންމަ ޚަދީޖާ އަށް ރޮވެންފެށުނެވެ. އޭނަގެ ވާހަކައިން އެނގުނުގޮތުގައި ދުވަހަކުވެސް އެކަހަލަ ކަމެއް މެދުވެރިއެއް ނުވެއެވެ. އެހެންވުމުން އެކަމާއި ފިކުރު ކުރެވެނީއެވެ. "ހިނގާ ކޮންމެވެސް ފިނި އެއްޗެއް ބޯލަން. ވަރަށް ހޫނު ގަދަ ދުވަހެއްދޯ. ކޮބާ ބައްޕަ" ޝަރީފާ ބޭނުންވީ އެވާހަކަ އެހެން ދިމާލަކަށް އަނބުރާލުމަށެވެ. ޝަރީފާ އެމީހުންދެކެ ވާލޯބިން ފާއިޒުގެ މަންމަ އަށް އަދި ބައްޕަ އަށް ކިޔަނީވެސް މަންމަ އާއި ބައްޕައެވެ. އެހެން ނުކިޔަންވީ ކީއްވެހެއްޔެވެ. އެހާވެސް އެމީހުން ރަނގަޅެވެ. އުފަން ދަރިއެއްފަދައިން […]