އީރާނުގެ ރައީސް އަވަހާރަވުން މިއީ މުސްލިމުންނަށް ހިތްދަތި ދުވަހެއް!

އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވެއްޖެއެވެ. ރައީސީ އަވަހާރަވީކަން އެގައުމުގައި ވަނީ އިއުލާންކޮށްފައެވެ. ރައީސީ އަވަހާރަވީ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުމުންނެވެ. މިހާދިސާ ހިނގާފައިވަނީ އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕްރޮވިންސްގައެވެ. ރައީސާއެކު ދަތުރުކުރެއްވީ އެޤައުމުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲ ހިޔާން އާއި އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ގަވަރުނަރު މަލިކް ރަހުމަތީ އަދި ތަބްރީޒް މިސްކިތުގެ އިމާމް އާޔަތުﷲ އަލްޚާޝިމީ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. 63 އަހަރުގެ ރައީސީ އަކީ […]