ސުކޫލް ހުޅުވެން ބާކީ 3 ދުވަސް، ތައްޔާރުތަ؟
ކޮންމެ އަހަރެއްގައިވެސް ސުކޫލު ކުދިންނާއި ބެލެނިވެރިންނަށް އަންނަ އެންމެ އުފާވެރި އެއް ޗުއްޓީއަކީ ސުކޫލު ބޮޑު ޗުއްޓީއެވެ. އެއްގުރޭޑުން އަނެއް ގްރޭޑަށް ދަރިން ބަދަލުވާއިރު ކުރަން ހުންނަ ކަންކަން ފަސް ކޮށްލުމަށްފަހު ގިނަ ފަހަރަށް ރާވާލެވެނީ ޗުއްޓީ ދަތުރެކެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރަށެވެ. އެމީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުން ދަރިންނަށް އުފާވެރިކަން ހޯދައިދިނުމަށް ކޮންމެވެސް އެހެން މަންޒިލަކަށް ދަރިންނާއިއެކު ދަނީއެވެ. ޗުއްޓީ ނިންމާލުމަށްފަހު ކުދިން ސުކޫލް ދުވަސްވަރުގެ ޝެޑިއުލަށް އަނބުރާ ގެންނަންވީ ވަގުތު މިއޮތީ ޖެހިފައެވެ. […]