މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުމަށް ފިޔަވަޅު ނައަޅައިފިނަމަ އެތައް މިލިއަން މީހުންނަށް ނުރައްކާވެދާނެ- ރައީސް

"ދަ ގާޑިއަން" ނޫހުގައި ޝާއިޢުކުރި އާޓިކަލްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އޭގެ ނުރައްކާ ރާއްޖެއަށް ކުރިމަތިވެފައިވާ ކަމަށާއި، ޚާއްސަކޮށް ކަނޑުގެ ލޮނުގަނޑު އުފުލުމަކީ އެންމެ ބޮޑު އެއް ނުރައްކާ ކަމަށެވެ. ރާއްޖޭގެ ހާލަތުގެ ނާޒުކުކަމާއި އެކު އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ފުރަތަމަ ބައިނަލްއަގްވާމީ ދުނިޔެއަށް ހާމަކޮށްދީފައި ވަނީ 1989 ވަނަ އަހަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެ 35 އަހަރު ފަހުން ދުނިޔޭގެ އެހެންގައުމުތަކުން ހަގީގަތުގައިވެސް މިއަޑުތައް […]
ވާހަކަ: މެންދަން (ފަސްވަނަބައި)

ޝީމާގެ މަންމަ ހުރީ ގެއަށް ދިއުން ލަސްވެފައެވެ. ވީހާވެސް އަވަހަކަށް ގެއަަށްގޮސް ޝީމާ ގެނައި ހަދިޔާ ބަލާލަން ކެތްމަދުވެފައެވެ. އަވަހަށް ދާން ބައެއްފަހަރު ޝީމާގެ އަތުގައިވެސް ހިފަހައްޓައިގެން ދާއިރު ހީވަނީ ބަސްނާހާ ކުޑަކުއްޖަކު ގަދަކަމުން ގެއަށް ގެންދަން އުޅޭހެންނެވެ. މީހަކާއި އަނގައިން ބުނެލެވޭ ވަރެއްވެސް ނޫނެވެ. ވަކި ހިސާބަކަށް ހިނގައިތްތަނާހެން ކަމާލު ގޮވައިލިއަޑަށް ޝީމާ މަޑުކޮއްލިއެވެ. "ބޮސް ބުނީ މެޑަމްގެ ފޮށިތައްވެސް ގެއަށްލާށޯ މި ޕިކަޕުގައި" ޝީމާއަށް އަނގައިންވެސް ބުނަން ފުރުސަތު ނުދީ ކަމާލް އޭނަ ދުއްވަމުން […]