ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް މަހާސިންތާގައި ރައީސް ބައިވެރިވެވަޑައިގަތުން

ހަތަރުވަނަ 'އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް' މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މަހާސިންތާއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސް އާއި އެންޓިގުއާ އެންޑް ބާބުޑާގެ ބޮޑުވަޒީރު އެޗްއީ ގެސްޓޮން ބްރައުންއެވެ. ހަތަރުވަނަ ސިޑްސް މަހާސިންތާ އަކީ " ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" މި ޝިއާރުގެ ދަށުން ސިޑްސްގެ ޤައުމުތަކުގެ ލީޑަރުންނާއި އެކި ދާއިރާތަކުން ގުޅުންހުރި […]

ވޭޕް: ސަމާލު ނުވެވިއްޖެނަމަ ފުރާނައަށް ނުރައްކާ!

ގްލޯބަލް ސްޓޭޓް އޮފް ޓޮބޭކޯ, ހާމް ރިޑަކްޝަންގައި ވާގޮތުން ރާއްޖޭގެ އާބާދީގައި ހިމެނޭ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން 33.2 އިންސައްތަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމުގައި ކޮންމެ އަހަރު ރާއްޖެއިން އެވްރެޖް ގޮތެއްގައި 172 މީހުން މަރުވެއެވެ. މިއީ 2023 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ނަމްބަރެކެވެ. ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ވައްޓަފާޅި ނުވަތަ ޓްރެންޑް މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. […]