ސިޑްސް: މޫސުމަށް އަންނަ ބަދަލުތަކުން ކުދި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސް ވަނީ ދުނިޔޭގެ ސަމާލުކަމަށް ގެންނަވާފަ

މޫސުމަށް އަންނަ ބަދަލުތަކާ އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް ވަނީ ގެންނަވައިފައެވެ. އެންޓީގާ އެންޑް ބާބިޔުޑާގައި 2024 މެއި 27 އިން 29 ށް ކުރިޔަށްދިޔަ ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސަމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ. އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހައްޤުގައި އެމަނިކުފާނު މި […]

އެމްޓީސީސީގެ "ސުޒުކީ ފުޓުބޯޅަ ފޯރި 2024" އިފްތިތާހު ކުރުން

"ސުޒުކީ ފުޓުބޯޅަ ފޯރި 2024" ޕްރޮމޯޝަން ވަނީ މިއަދު އިފްތިތާހު ކޮށްފައެވެ. މިއީ 15 މެއި 2024 އިން 15 ޖުލައި 2024ގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މިއީ ސުޒުކީ އިންޖީނުގެ ސްޕެއަރ ޕާރޓްސް، ސުޒުކީ އިންޖީނުގެ އަޑީތެލާއި ގިޔަރުތެޔޮ އަދި މެރޯލް އައުޓްބޯޑުގެ ސްޓިއަރިންގ ސިސްޓަމް ބައްލަވައިގަންނަވާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެ ޕްރޮމޯޝަނެކެވެ. " މި ޕްރޮމޯޝަންގެ މަގްސަދަކީ އައުޓްބޯޑް އިންޖީނު ހެޔޮއަގުގައި ބައްލަވައިގަންނަވަން ބޭނުންވާ ފަރާތްތަކާއި، ސުޒުކީ އައުޓްބޯޑު އިންޖީނު މަރާމާތު ކުރުމާއި، […]