ވާހަކަ: މެންދަން (ހަވަނަބައި)

ޝީމާ ކުރާނެ މަސައްކަތެއް އެނގޭނީ ފާއިޒު ފިހާރައަށް ވަނުމުންނެވެ. ފާއިޒު އަންނަންދެން ދެމީހުން މަޑުކޮއްލީ އެހެން މީހުން ކުރަމުންދާ މަސައްކަތް ބަލާށެވެ. އެމީހުން ކުރާ މަސައްކަތަށް އެއްވެސް ގޮތެއް ނުކިޔާ ޝީމާ އިނީ ފާއިޒު އަންނަންދެނެވެ. އެމީހުން ރެކުގައި ތަކެތި އަތުރަމުންދާ ގޮތަކީ ޝީމާއަށް އެހާ ހިތްހަމަޖެހޭ ގޮތަކަށް ނުވިޔަސް ކެތްކޮއްލައިގެން އިނީއެވެ. ޝިމާ އިސްވެ އެމީހުންނަށް ގޮތް ކިޔައިދޭން ފަށައިފިއްޔާ އެމީހުން ކުރަމުންދާ މަސައްކަތަށް ހުރަހެއް އެޅިދާނެތީއެވެ. އިރުކޮޅެއް ނުވަނީސް ފާއިޒު ފިހާރަތެރެއަށް ވަނީ އޭނަގެ […]