އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް ދަތުރުކުރުން މަނާކުރަން ސަރުކާރުން ނިންމެވުމާއެކު ދިވެހީންނަށް ހިތްހަމަޖެހުން!

އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން ވޭތުވެދިޔަ އަހަރެއްހާ ދުވަހުވެސް ވަނީ އެތައް ހާސް މީހުން ޝަހީދުވެފައެވެ. މީގެތެރޭގައި ކުޑަކުދިންވެސް ހިމެނޭއިރު މި ލާއިންސާނީ އަމަލު ކުށްވެރިކުރުން ފިޔަވައި މި އަމަލުތައް ހުއްޓުވުމަށް މާބޮޑު ކަމެއް އެހެން ގައުމުތަކަށް މިހާތަނަށް ކުރެވިފައެއް ނެތެވެ. ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތަކުން ފަލަސްޠީނުގެ ބައެއް ސަރަހައްދުތައް ފުރި، އެތައް ހާސްބައެއްގެ ގެދޮރު ބިމާއި ހަމަވަމުން އަންނައިރު މިމަންޒަރު ފެންނަ ކޮންމެ މުސްލިމަކަށްވެސް ކުރަނީ ހިތްދަތި […]