ހިޔާ ޓަވަރުތަކުގެ މަތިން އެއްޗެހި ވައްޓާއިރު މީހަކަށް ގެއްލުމެއް ވެދާނެކަމަށް ނުވިސްނެނީތޯ؟

ހުޅުމާލެ ދެވަނަފިޔަވަހީގައި ހަދާފައި ހުރި ހިޔާ ޓަވަރުތަކުގައި 30 ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ކަމަށް ބެލެވޭއިރު މި ޓަވަރުތަކުގައި ދިރިއުޅޭ މީހުން ސަމާލުކަން ދޭންވީ ކަންތައްތަކެއް އެބަހުއްޓެވެ. ބެލްކަނީގައި އެއްޗެހި ހިއްކަން އަޅުވާފައި ހުންނައިރު އެތަނުން ހެދުންފަދަ ތަކެތި ބިންމައްޗަށް ވެއްޓި ސައިކަލު ދުއްވަމުންދާ މީހުންނަށް އޭގެ އުދަގޫ ފޯރާފަވެސް އެބަހުއްޓެވެ. އަދި އެއްދުވަހަކު މިއިން ޓަވަރެއްގައި އުޅުނު މީހަކު އާއިލާގެ ތެރޭގައި ހިނގި ހިތްހަމަނުޖެހުމެއްގައި ގޭގައި ގެންގުޅޭ ތެލި ތަށިފަދަ ތަކެތި ބިންމައްޗަށް ވައްޓާލި […]