ފޮޓޯ: ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެއްކަމުގައިވާ، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިފުތިތާހު ކޮށްދެއްވައިފިއެވެ. މި ޕްރޮގްރާމް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު ހެނދުނު ލޮނުޒިޔާރަތް ޕާކުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި، ދަޢުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ސައްކެޔޮ އޮށް މިއީ މޫނުގައި ރޫޖެހުން ލަސްވެ ގިނަ ފައިދާ ލިބިދޭ އެއްޗެއް

ސައްކޭލަކީ މޭވާގެ ތެރެއިން މީރު މޭވާއެކެވެ. އާއްމުކޮށް ސައްކެޔޮ ލިބެން ހުންނަނީ ވަކި މޫސުމެއްގައެވެ. ސައްކޭލަކީ ރާއްޖޭގައި އާންމުކޮށް ހައްދައި އުޅޭ ބާވަތުގެ މޭވާއަކަށް ނުވިއަސް ރާއްޖޭގައިވެސް ލިބެން ހުންނަ މޭވާއެކެވެ. ސައްކެޔޮ އެންމެ ވައްތަރުވާނީ ދޫރިއަން އާއެވެ. އެހެންނަމަވެސް ރަހައިގެ ގޮތުން ތަފާތު ދެރަހައެއްލާ ވަރަށް ތަފާތު މޭވާއެކެވެ. މީގެ ޚާއްސަކަމަކީ އެތެރޭގައި ހުންނަ އޮށްތަކެވެ. އާއްމުގޮތެއްގައި މީގެ އޮށް ކައި އުޅެނީ މަދުބައެކެވެ. މީގެ އޮށުގައި ރިހަ ކައްކައިގެން އަދި ހަނާކޮށްގެންވެސް ބޭނުންކުރެވިދާނެއެވެ. ސައްކެޔޮ […]