ފަލަސްޠީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ބޮޑު ކާރިސާއާއި ގުޅިގެން އެހީތެރިވުމަކީ އަދާކުރަން ޖެހޭ ދީނީ ވާޖިބެއް- ހުކުރު ޚުޠުބާ

އިސްލާމީ އުންމަތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އިވެމުންދަނީ ފަލަސްޠީނުގެ އަޑެވެ. ފަލަސްޠީނަކީ ޝާމްކަރައިގެ ބައެކެވެ. އެއީ އިސްލާމީ ހިދާޔަތާއި ރަސޫލު ބޭކަލުންނާއި ނަބީބޭކަލުންގެ ދަޢުވަތާއި އެބޭކަލުންނަށް ބާވައިލެއްވި ފޮތްތަކާއި ގުޅިފައިވާ ފަސްގަނޑެކެވެ. އިސްލާމީ އުންމަތުގެ އިއްޒަތާއި ކަރާމަތާ ގުޅިފައިވާ ފަސްގަނޑެކެވެ. ހަނގުރާމައިގެ ހާލަތުގައިވެސް ކުޑަކުދިންނާއި މުސްކުޅިންނާއި އަންހެނުން ޤަތުލުކުރުމާއި، ގަސްގަހާގެހި ހަލާކުކުރުމާއި، ޖަނަވާރުތައް މެރުން އިސްލާމްދީނުގައި ނަހީ ކުރައްވާފައިވެއެވެ. އަދި އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން ހަލާކުކުރުމާއި، އެ ތަންތަނުގައި އަޅުކަންކުރަން ތިބޭ މީހުން ޤަތުލުކުރުންވެސް ވަނީ […]