އަމްރާ: ބާސްކެޓްގައި ފިޔަޖަހަމުން އަންނަ ތަރިއެއް، ބޭނުންވަނީ އިތުރަށް ކުރިއަރުވަން

އަމްރާ މުހައްމަދު އާމިރު، މިއީ ރާއްޖޭގެ ބާސްކެޓްގައި އާ ނަމެއް ނޫނެވެ. ކުޅިވަރަށް ލޯބިކުރާ ކުޅިވަރުގެ ތެރޭގައި އުޅޭ "ޖެން ޒީ" ކުދިންގެ ފޭވަރިޓަކަށްވެސް ވެދާނެއެވެ. ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ ކުރީގެ ކެޕްޓަން، އަމްރާ އަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ބާސްކެޓްގައި ވިދާތަރިއެކެވެ. 16 އަހަރުން ދަށުގެ ގައުމީޓީމުގައި ވެސް ހިމެނުނު ކުރިއަރަމުން އަންނަ ބާސްކެޓް ކުޅުންތެރިއެކެވެ. "އަޅުގަނޑު އެންމެ ކުޑައިރުންސުރެވެސް ވަރަށް ކުޅިވަރުތަކުގެތެރޭގައި އުޅުނިން، ގްރޭޑް 1 ން ފެށިގެން ޖިމްނާސްޓިކްގައި އުޅެފަ، ޓެނިސް ކުޅެ، […]