އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސް އެދިވަޑައިގެންފި!

ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މި އަހަރުގެ އަޟްޙާ ޢީދުގައި އެމަނިކުފާނާއި އަދި ދިވެހި ކޮންމެ ރައްޔިތަކުމެ އެންމެ އިސްކުރަނީ، މުސްލިމުންގެ މުޤައްދަސް މިސްކިތާއި، އެތައް ނަބީ ބޭކަލެއްގެ ލޮބުވެތި ވަޒަންކަމުގައިވި ފަލަޞްޠީނުގެ އަހުލުވެރީންނަށް ހެޔޮ ދުޢާކޮށްދިނުމަށް ކަމަށެވެ. "ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ، ފަލަޞްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅުހަދައި، މަސްޖިދުލްއަޤްޞާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫޙުން ބައިވެރިވެ، ސަހަރޯވެރިވުމުގައި. ދިވެހީންގެ ހިތްތަކުގައި ޚާއްޞަ […]
ޢަރަފާތު ދުވަސް: ގިނަ އަދަދެއްގެ އަޅުން ނަރަކައިން މުއްތިކުރައްވާ ދުވަސް

ޢަރަފާތު ދުވަހު އިސްލާމީ އުންމަތް ދައްކައިދެނީ އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރެކެވެ. ތަފާތު ހިސާބުތަކުން މުސްލިމުން އެއް ތާކަށް އެއްވާ ތަނެވެ. އެބައިމީހުންގެ ކުލަ ތަފާތަސް، އެބައިމީހުންގެ ނަސްލު ތަފާތަސް، އެބައިމީހުން ވާހަކަދައްކާ ބަހުރުވަ ތަފާތަސް، އެބައިމީހުން އެއްތާކަށް އެއްކުރުވަނީ އެބައިމީހުންގެ އީމާންކަމެވެ. މާތް ﷲ ގެ އެއްކައުވަންތަކަމަށް ގޮވައިލާ އިސްލާމްދީނެވެ. އެ އެންމެން އެއް ތާކަށް، އެއް ގޮތަކަށް އެއްވެ، މާތް ﷲ އަށް މުނާޖާ ދެންނެވުމަށްޓަކައެވެ. ޙައްޖު ދުވަހަކީ އަހަރުގެ ތެރޭގައިވާ އެންމެ މާތް ދުވަހެވެ. […]
ވާހަކަ: މެންދަން (އަށްވަނަބައި)

"ދެން ވަރަށް ގާތްވާނެ. އެކަމަކު ތިއީ އާދައަކަށް ނުހަދާތި. އެހެން ނޫނިއްޔާ އެމީހުން އަންނަން ފަށައިފާނެ" ޝަރީފާ ނަސޭހަތް ދިނެވެ. "ލައްބަ މަންމަ ނުބުނާ ގޮތަކަށް ކަމެއް ނުކުރާނަން" ޝީމާ ވަރަށް އަދަބުވެރިކަމާއިއެކު ޖަވާބު ދިނެވެ. މަންމަގެ ބަސްއަހައިގެން އަބަދުވެސް އުޅެން ޝީމާ ބޭނުންވެއެވެ. މަންމަ އަބަދުވެސް ދޭ ނަސޭހަތަކީ އާއިލާގެ މީހުންނަށް ވުރެ އެހެން މީހުން ރަނގަޅު ނުވާނެކަމެވެ. އެހެންވުމުން އަބަދުވެސް އާއިލާގެ މީހުންނަށް ހެޔޮކޮށް ހިތައި ހާލުބަލަންވާނެއެވެ. އެމީހުން ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް […]