ގަދަ ހޫނުގައި ހިތްވަރާއެކު ދިވެހި 1149 ހައްޖާޖީން ހައްޖުގެ އަޅުކަން ފުރިހަމަކޮށްފި!

ދިވެހިރާއްޖެއިން މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔައީ 1150 މީހުންނެވެ. މީގެތެރެއިން އުމުރުން ދުވަސްވީ މީހަކު ވަނީ ހައްޖުގެ އަޅުކަން ފެށުމުގެ ކުރިން ނިޔާވެފައެވެ. ހައްޖާޖީންނާއެކު ސައުދީ އަރަބިއްޔާގައި ހުންނެވި ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ޝަކީލު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ. " ފަހުގެ ތާރީހެއްގައި ސައުދިއަރަބިއްޔާ ތަޖުރިބާ ކުރަމުންދާ އެންމެ ހޫނުގަދަ ދުވަސްތަކުގައި މަގުއޮޅި ގެއްލިގެން ރިޕޯޓުކުރި 100 އަށްވުރެ ގިނަ ހައްޖުވެރިން ފަހުގެ ޓެކްނޮލޮޖީ އާއި ހައްޖު ކޯޕަރޭޝަންގެ […]