ޒީޓައިމްސް ބަދިގެ: ލައިމް ކަސްޓަރޑް ވިތް ލައިޗީ

ބޭނުންވާތަކެތި: ލުނބޯތޮށި މަށާފައި ކުދިކުދިކޮށް ގާނާފައި ބައިޖޯޑު ހަކުރު އަދި 1 ސަމުސާ ހަކުރު ދެޖޯޑުބައި ހެވީކްރީމް ދެބަޔަށް ބައިކޮށްފައި ތިންބައިކުޅައެއްބައި ޖޯޑުގެ ލުނބޯ ޖޫސް 15 އައުންސް ލައިޗީ ދެއިނގިލިކުރިން ހިފާލެވޭވަރުގެ ލޮނުކޮޅެއް ތައްޔާރުކުރާނެ ގޮތް: ބައިޖޯޑު ހަކުރާއި ގާނާފައިހުރި ލުނބޯތޮށި އަދި ހެވީކްރީމްއާއި ލޮނުކޮޅު އެއްކޮށްގެން މަޑުގިނީގައި 5 މިނިޓް ކައްކާލާށެވެ. އެއަށްފަހު ކުޑަކޮށް އޮލަވާން ފެށުމުން އުނދުން ނިއްވާލާނީއެވެ. ދެން މަޑުމަޑުން ލުނބޯ ޖޫސް އަޅައިގެން އެއްކޮށްލާނީއެވެ. ހިހޫވުމުން ތަށިތަކަށް އެޅުމަށްފަހު ބަހައްޓާނީއެވެ. […]