ބިޔަ ރާޅުތަކުގެ ދަށުވެ އެތައް ބައެއްގެ ފުރާނަ ގެއްލުނު ފުވައްމުލަކުގެ އެހަނދާންތައް!

ފުވައްމުލަކަކީ ތަފާތު ރީތި ރަށެކެވެ. ދިވެހިރާއްޖޭގައި އެއްފަސްގަނޑަކަށް އޮންނަ ހަމައެކަނި އަތޮޅެވެ. ފުވައްމުލަކުގެ ވާހަކަ ދައްކާއިރު އެރަށާއި ގުޅިފައިވާ ތަފާތު ހަނދާންތަކެއްވެއެވެ. ބަނދަރު ހެދުމުގެ ކުރިން އެރަށަށް އަރައި ފޭބުމުގައި އެކުރަންޖެހުނު ބިރުވެރި ތަޖުރިބާއެވެ. ރަށުގެ ވަށައިގެން އެނަގާ ބިޔަ ރާޅުތަކުގައި ޖެހި ބަންޑުންވި ބޮއްކުރައެއްގައި އެއްފަހަރު ހުރި މީހެއްގެ ހައިސިއްޔަތުން އެއީ ދުވަހަކުވެސް ނުނެތޭނެ ހަނދާނެކެވެ. ހުވަދު އަތޮޅުން ފުވައްމުލަކަށް އާއިލާ މީހުންނާއެކު ދިޔައީ ޗުއްޓީ ދަތުރެއްގައެވެ. ދޯނި ކައިރި ކުރެވެން ނެތުމުން ކުޑަ ބޮއްކުރައެއްގައި […]