މާއިޒް އަށް ފަރުވާދެނީ އައިސީޔޫގައި، އެދެނީ އެހީއަށް!

އުފަންވީއިރުއްސުރެ ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުން އަންނަ މާލެއަށް އުފަން އިބްރާހީމް މާއިޒް އަކީ އުމުރުން 19 އަހަރު ވެފައިވާ ޒުވާނެކެވެ. މާއިޒްގެ ބަލިހާލަތު ހުރިގޮތުން ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. މާއިޒްގެ މަންމަ މާއިޝާ އަހުމަދު 'ޒީޓައިމްސް' އަށް މައުލޫމާތު ދެމުން ފާހަގަކުރި ގޮތުގައި ދަރިފުޅު ބޮޑަށް ބަލިވާންފެށީ މިދިޔަ އަހަރުން ފެށިގެންނެވެ. " އޮކިސިޖަން ދަށްވެ ފުއްޕާމޭގައި ފެން ހެދެން ފެށީ. ނިއުމޯނިއާވެސް ޖެހިފަ ހުރީ. ނޭފަތުން ލޭއައިސް ދެފައިވެސް ދުޅަވެފައިވަނީ. […]
ބޮޑު ކުރިއެރުމެއް: 7 މަސް ދުވަސްތެރޭ މި ސަރުކާރުން 13 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ދީފި

މި ސަރުކާރު އައިއިރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ މަސްވެރިންނަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި، އަމިއްލަ ކުންފުނިތަކުން ކުރި މަސައްކަތްތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުލިބި ހުރުމުވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވުމަށްފަހު ޑރ. މުހައްމަދު މުޢިއްޒު ގެންދެވީ މިގޮތަށް ހުރި ދަރަނިތައް އަދާކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. ޕީއެންސީގެ މައިޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް ރޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އާމްދަނީ ހޯދައިގެން އެކި ފަރާތްތަކަށް ދައްކަން […]