ވާހަކަ: މެންދަން (ނުވަވަނަބައި)

ޝީމާ ސައިބޯން އިންއިރުވެސް އަނގަ ހުއްޓައެއް ނުލައެވެ. އެކަމާއި އޭނަގެ މަންމައަށްވެސް އިނީ އުނދަގޫވެފައެވެ. "ދަރިފުޅާ ދެންވެސް އަވަސްކޮއްލަބަލަ" އެންމެފަހުން ޝަރީފާއަށް ކެތްނުކުރެވިގެން ބުނެލިއެވެ. ޝަރީފާގެ ބަސްއަހައިގެން ޝީމާ އަވަސް ކޮއްލައިގެން ބޭރަށް ނިކުތެވެ. ވަޒީފާއަށް ގަޑިޖެހިގެން ދިއުމަކީ ޝަރީފާއަށް އެއްވެސް ގޮތަކަށް ގަބޫލު ކުރެވޭވަރުގެ ކަމެއް ނޫނެވެ. އަވަސްކޮއްލައިގެން ގަޑި ނުޖެހި ދެވުނީ ހަމަ ކިރިޔާއެވެ. ހުކުރު ދުވަހަކީ ޝަރީފާމެންނަށް ހަފްތާގެ ތެރެއިން ލިބޭ ހަމައެކަނި ޗުއްޓީ ދުވަހެވެ. ވަޒީފާއަށް ނުދިޔަސް އެދުވަހަކީ ގޭތެރޭގެ ކަންތައް […]