ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ހައިބަތް އިތުރުކޮށް ފެންވަރު ރަނގަޅުކުރާނަން- ރައީސުލްޖުމްހޫރިއްޔާގެ ނައިބު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ހައިބަތާ ޝަރަފްވެރިކަން އިތުރުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ވިދާޅުވެފައެވެ. ކީރިތި ޤުރުއާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ރާއްޖޭގައި ޤައުމީ ފެންވަރުގައި ބާއްވާ ކީރިތި ޤުރުއާނުގެ އެންމެ ބޮޑު ދަރުބާރުކަމަށެވެ. އެހެންކަމުން، މި މުބާރާތް ބޭއްވުން އަހަރެއް އަހަރަކަށް ވުރެ ހަރުދަނާކުރަން، ފެންވަރު ރަނގަޅުކުރަން […]
ސާރިދޯޅެއްގެ ގަނޑުފެން ތަންމަތި: ދިވެހި ރާއްޖެއާއި އޮތީ ކޮންގުޅުމެއް؟

މަތީގައި އެވާ ސާރިދޯޅުގެ (ޕޯލާބެއަރ) ފޮޓޯނެގި ނީމާ ސަރިކާނީ ހާމަކުރާގޮތުގައި މިމަންޒަރު އަތުޖެހުނީ ތިންދުވަސްވަންދެން ގަދަފިނީގެ ތެރޭގައި ސާރިދޯޅެއް ފެނޭތޯ މަސައްކަތްކޮށް އެންމެ ފަހުން އެކަން ނުވާނެކަމަށް ބަލާ އެނބުރި ދިއުމަށް ވިސްނަމުންދަނިކޮށެވެ. އެންމެފަހުން ކޮންމެވެސް ވަރަކަށް ގަނޑުފެން ހުރި ދިމާޔަކަށް އޭނާ ދަތުރުކުރަމުންދިޔަ ސަވާރީ އަނބުރާލައިގެން ދިއުމުގެ މަގުމަތީގައެވެ. އޭރު މެންދަންވާން ވަޤުތު ވަނީ ކުޑަތަންވެފައެވެ. ނަޞީބު ރަނގަޅުކަމުން އިރުކޮޅެއްގެތެރޭގައި އޭނާއާއި ދިމާވަނީ އިންތިޒާރު ކުރަމުންދިޔަ ފަދަ ދެސާރިދޯޅެވެ. އެތަނުން އުމުރުން ހަގު، ފިރިހެން ސާރިދޯޅު […]