މިޒާގެ އަމާޒު: ފެންވަރު ރަނގަޅު ޓީޗަރުންނާއެކު އެކަށީގެންވާ އަގެއްގައި ތަޢުލީމް ފޯރުކޮށްދިނުން!

ޒަމާނަށް އައި ބަދަލާއެކު ގިނަ ބެލެނިވެރިންނަކީ އާމްދަނީ ހޯދުމަށް ބުރަކޮށް މަސައްކަތްކުރާ ބައެކެވެ. ކުދިން ސްކޫލަށް ފޮނުވުމަށްފަހު ކިޔެވުމަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ބައެއް ބެލެނިވެރިންނަށް އެކަށީގެންވާ ވަގުތު ނުލިބެއެވެ. އެހެންވުމުން އުނގެނުމުގައި ބޭނުންވާ އިތުރު އެހީތެރިކަން ހޯދުމަށް ޓިއުޝަން ކުލާހަށް ދަރިން ފޮނުވަންޖެހެއެވެ. މިގޮތަށް ފޮނުވާއިރު ޓިއުޝަން ކުލާހަކީ އެކަށީގެންވާ ތަޢުލީމެއް ފޯރުކޮށްދެވޭ އަދި ދަރިވަރުންނަށް ރައްކާތެރި މާހައުލެއްތޯ ބެލުން މުހިންމެވެ. މިޒާ އިންސްޓިޓިއުޓް މިޒާ އިންސްޓިޓިއުޓް އަކީ ޓިއުޝަން ސެންޓަރެއްގެ ގޮތުގައި ރަޖިސްޓްރީ […]
ޣައްޒާގެ ބޮޑުބައި ބިމާ ހަމަވެއްޖެ: ނަސްރަށް އެދި ދުޢާ ކުރަމާ

2004 ވަނަ އަހަރު ސުނާމީ އެރި އިރު ތިބާއަށް ހުރެވުނީ ކޮންތަނެއްގައިކަން ހަނދާން އެބަހުރިތޯއެވެ. އަނބިދަރިންނާއި މައިންބަފައިން, އާއިލާ އާއި ރައްޓެހިން އެ ދުވަހު ވީ ކޮންފަދަ ހާލެއްގައިތޯ ވިސްނާ ފިކުރު ކުރެވުނު ހެއްޔެވެ. އަލްހަމްދުލިالله އެވެ. ސަލާމަތްވާން ގޮސްތިބީ މިސްކިތްތަކާއި ސުކޫލުތަކާއި ފެރީ ޓާމިނަލްތައް ފަދަ ބޮޑެތި މައިދާންތަކުގައި ދޯއެވެ. އެއީ ކުޑަ ވަގުތު ކޮޅަކަށް, ނުވަތަ މަދު ދުވަސްތަކެއް, ހަފްތާތަކެއް ވަންދެން ދޯއެވެ. އެ ހަނދާން އާ ކޮށްލުމަށްފަހު ފަލަސްތީނުގެ ރައްޔިތުން ސަލާމަތްވާން ވަންނާނެ […]