ރައީސްގެ މެސެޖު ދަރިވަރުންނަށް: ޤައުމަށް ކަންތައް ކޮށްދެވޭނީ ޤައުމީ ލޯބި ހުރެގެން!

ސެންޓަރ ފޮރ ހަޔަރ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ސްކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހުޅުމާލޭގައި ހުންނަ ސީ.އެޗް.އެސް.އީ އިމާރާތުގައި ކުރިއަށްދިޔަ މި ޚާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤައުމަށް ބޭނުންވާ އެކި ކަންކަމުގައި ޤައުމަށް ކަންތައް ކޮށްދޭންތިބީ ކުދިން ކަމަށެވެ. " އަބަދުވެސް ދެކެން ޖެހޭނީ ތިމަންނައަށް ކޮންކަމެއްތޯ ތިމަންނަގެ ޤައުމަށް ކޮށްދެވޭނީ. އެ ޤައުމީ ލޯބި […]

ހަރަކާތްތެރިކަން ކުޑަވުމުން 1.8 ބިލިއަން މީހުން ބަލިތައް ޖެހުމުގެ ނުރައްކަލަށް ހުށަހެޅިފައި!

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން ބަލި ޖެހުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ 1.8 ބިލިއަން މީހުން އެބަތިބި ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްއިއްޔާ، ޑަބްލިއު. އެޗް. އޯ އިން ބުނެފިއެވެ. ޑަބްލިއު. އެޗް. އޯ އިން 26 ޖޫން 2024 ގައި އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މިއީ ދުނިޔޭގެ އާބާދީގެ ނިސްބަތުން 31 އިންސައްތަ މީހުން ކަމަށެވެ. 2022 ވަނަ އަހަރުގެ ހޯދުންތަކެއްގެ މައްޗަށް ބުރަވެ ޑަބްލިއު.އެޗް.އޯ އިން ހަދާފައިވާ މި ދިރާސާއިން […]