ޔައުޤޫބުގެ ފައިބުރިކޮށް ފަރުވާދެނީ އިންޑިއާގެ ހޮސްޕިޓަލެއްގެ ވެންޓިލޭޓަރުގައި، އެދެނީ ދީލަތި އެހީއަށް!

ހއ. ހޯރަފުއްޓަށް އުފަން ޔައުޤޫބު އިބްރާހީމް އަކީ އުމުރުން 83 އަހަރުވެފައިވާ ވަރަށް ހަރަކާތްތެރިކޮށް ރަށުގައި އުފާވެރި ދިރިއުޅުމެއް އަނބިދަރިންނާއެކު ހޭދަކުރި މީހެކެވެ. މަސްބާނަންގޮސް މޫދަށް ދިއުމަކީވެސް އާދަކޮށް ހިތްހަމަޖެހުމަށް ކުރަމުން އައި ކަމެކެވެ. އެހެންނަމަވެސް ޔައުޤޫބުގެ ދިރިއުޅުމަށް މިއައީ ދުވަހަކު ހުވަފެނުންވެސް ދެކެން ބޭނުންނުވާފަދަ ހާލަތެކެވެ. ޔައުޤޫބަށް ފަރުވާދެމުން އަންނަނީ އިންޑިއާގެ އެސްޓަރ މެޑިސިޓީ ހޮސްޕިޓަލުގައެވެ. ހާލަތާއި ގުޅޭގޮތުން އޭނާގެ ދަރިފުޅު ޒަހީރާ ޔައުޤޫބު ވަނީ 'ޒީޓައިމްސް' އަށް މައުލޫމާތު ހިއްސާކޮށްފައެވެ. " ބައްޕައަކީ ހިތުގެ […]