ވާހަކަ: މެންދަން (އެގާރަވަނަބައި)

ފާއިޒު ހުރީ ހިތް އަވަސްވެފައެވެ. ކުއްލިއަކަށް އެކަހަލަ ވާހަކައެއް އަޑުއިވުނީމައެވެ. އަދި ޝަރީފާ ވަޒީފާއިން ވަކިވާން އުޅޭތީ އެކަމާއި ވަރަށް ދެރަވިއެވެ. ފާއިޒު ބޭނުންވީ އަބަދުވެސް ޝަރީފާ ވަޒީފާގައި ބަހައްޓާށެވެ. "ވަޒީފާއިން ވަކިނުވެ ކައިވެނީގެ ކަންތައް ހަމަޖެހެންދެން ޗުއްޓީގައި ހުންނަންވީނު" ފާއިޒު ބުނެލިއެވެ. "ނޫން. ޝުކުރިއްޔާ. ދެން ބޭނުންވަނީ ގޭގައި މަޑުކޮއްލަން ފިރިމީހާގެ ޚިދުމަތުގައި. އޭނަވެސް ބޭނުންވަނީ އެގޮތް" ޝަރީފާ ވަރަށް ތަފްސީލްކޮށް ފާއިޒަށް ކިޔައިދިނެވެ. ޝަރީފާ ފާއިޒަށް އިބްރާހިމްފުޅުގެ ވާހަކަ ކިޔައިދިނެވެ. އަދި ދުވަހަކުވެސް ފާއިޒު […]