ގުދުރަތީ މަންޒަރުން އެލިބޭ ހިތްހަމަޖެހުން!

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު ގިނަ މީހުން އުޅެން މިޖެހެނީ ވަރަށް ބުރަކޮށް އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައެވެ. މިގޮތަށް އުޅެން ޖެހުމުން އަމިއްލަ ހިތްހަމަޖެހުމާމެދު ވިސްނާލަން އެވަރަށް ވަގުތު ނުލިބެއެވެ. ދިރިއުަޅެން ޖެހިފައިވާ ގޮތުން ކަންކަމާމެދު ފިކުރުބޮޑުވެ ހާސްވާ ފަހަރު އާދެއެވެ. މިއީ ފަސޭހައިން ހައްލު ހޯދިދާނެކަމެކެވެ. މިގޮތުން މާބޮޑު ޚަރަދެއް ކުރަން ނުޖެހެއެވެ. 1- ފަތިހު ހިނގާލަން ނުކުތުން ފަތިސް ނަމާދަށްފަހު ކޮންމެ ދުވަހަކު ހިނގާލަން ބޭރަށް ނުކުމެލާށެވެ. ފަތިހުގެ އެ ހަމަހިމޭން ވަގުތު އެޖެހޭ ވަޔާއި […]