ގަރުދިޔައާއި ބަތް ކާން ބުނުމުން ޖޯކު ޖެހުމުގެ ބަދަލުގައި ވިސްނާލަމާ
މި ދުވަސްވަރު ދިވެހިން ސޯޝަލްމީޑިއާގައި ފާޅު ކުރަނީ ގަރުދިޔަބަތުގެ ވާހަކައާއި ގުޅޭ ޝުއޫރުތަކެވެ. ގަރުދިޔައާއި ބަތް ކައިގެން މި ދުވަސްވަރު ދިވެހިން އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން ޖެހޭ ކަމަށް ރައީސް އޮފީހުގެ ވަޒީރަކު ވިދާޅުވުމުން އެކަމަށް ފުރައްސާރަކޮށް އެކި މަންސަ ތަކުގައި އެ ވަޒީރަށް ބަހުގެ ހަމަލާތައް ރައްދުކުރަނީއެވެ. ނަމަވެސް ހަގީގަތުގައި މިއީ ދިވެހިން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެކެވެ. ރާއްޖޭގެ އިގްތިސާދު އަނދިރި ފައްތަރަކާއި ދިމާއަށް މިސްރާބު ޖަހާފާނެކަމުގެ އިންޒާރު ރާއްޖެއަށް ލިބޭތާ ދުވަސްތަކެއް ވެއްޖެއެވެ. […]