ރާއްޖޭގެ އިޤްތިސާދީ ސިޔާދަތު ހިމާޔަތް ކުރެއްވޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައި!

މިނިވަންކަން ޤައުމަކަށް ލިބޭނީ މައިގަނޑު 3 ކަމެއް ހާސިލުކުރެވިގެން ކަމަށާއި އެއީ އިޤްތިސާދީ ސިޔާދަތު، އަމިއްލަވަންތަކަމުގެ ސިޔާދަތު އަދި ދިފާޢީ ސިޔާދަތު އެޤައުމަކަށް ޔަގީންވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. " މި 3 ސިޔާދަތު ޔަގީން ނުވާ ހާލަތެއްގައި އެ ޤައުމެއްގެ މިނިވަންކަން ހަގީގީ މާނައިގައި ނޯންނާނެ". މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ. ޤައުމުގެ ކުރިއަށް އޮތް ޖީލުގެ މުސްތަޤުބަލަށްޓަކައި […]
ފޮޓޯ: ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 138 ބޭފުޅަކަށް ދެއްވުން

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން، އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެކުލަވައިލައްވައިފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މި ދެންނެވި 138 ބޭފުޅުންގެ ތެރޭގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވި 43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ 70 ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މި ބޭފުޅުންނަށް މި އިނާމު ދެއްވާފައިވަނީ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، […]
ވާހަކަ: މެންދަން (ތޭރަވަނަބައި)

ޝީމާ ގޭތެރެއަށް ވަންއިރު ޝަރީފާ ކާމޭޒުދޮށުގައި އިށީނދެ އިނީ ކުޑަކޮށް ކަންބޮޑުވެފައިވާ ގޮތަކަށެވެ. ޝަރީފާގެ މޫނުމަތިން ކޮންމެވެސް ކަމެއް ގޯސްވެފައިވާކަން ޝީމާއަށް ވަގުތުން އެނގުނެވެ. "ކިހިނެއްވެފައި ތިއިނީ މަންމާ" ޝީމާ ކަންބޮޑުވެފައިވާ އަޑަކުން އެހިއެވެ. "ކަމެއް ނުވޭ" ޝަރީފާ ބުނެލިއެވެ. "ނޫން. ކޮންމެވެސް ކަމެއްވެއްޖެ" ޝީމާ ބޭނުންވީ ވީގޮތެއް އޮޅުންފިލުވާށެވެ. "ފާއިޒު މިއަދު މަންމަގެ ގާތުން އިންނަން އަހައިފި. އެކަމަކު އިބްރާހިމްފުޅުބެއަށް މިވާހަކަ ސިއްރުކޮއްދޭތި" ޝަރީފާ ޝީމާއަށް ކިޔައިދޭން ފެށިއެވެ. "އަޅެ ދެން ކިހިނެއް ހަދަންވީ" ޝީމާ […]