ފޮޓޯ: ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވުމުގެ މެޑަލް ހޯއްދެވި ސްޓެލްކޯގެ 16 މުވައްޒަފުންގެ ޝަރަފުގައި ބޭއްވި ހަފްލާ

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައިގެން ޝަރަފާއި މެޑަލް ހާސިލުކުރެއްވި ސްޓެލްކޯގެ 16 މުވައްޒަފުންގެ ޝަރަފުގައި އާދީއްތަ ދުވަހު ޚާއްސަ ހަފްލާއެއް ބޭއްވީ ސްޓެލްކޯގެ ހެޑްއޮފީހުގައެވެ. މި ހަފްލާގައި ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯ އަށް ޚިދުމަތް ކުރުމަކީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުން ކަމަށާއި، ރައްޔިތުންނަށް ދޭ ޚިދުމަތް ހީނަރުވެއްޖެނަމަ ދިވެހި ދައުލަތް ހީނަރުވެ، އިޤްތިސާދީ މިނިވަންކަން ހީނަރުވާނެކަމީ ޔަޤީންކަމެއް ކަމަށެވެ. އެހެންކަމުން ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގައި ތިބެންވާނީ ފިސާރި […]
ކޮސްމެޓިކްސް ގަންނަ ފަރާތްތަކަށް އުފާވެރި ޚަބަރެއް: މަޝްހޫރު ވިއާނާ ބްރޭންޑްގެ ޝޯވްރޫމެއް މާލޭގައި ހުޅުވައިފި!

ރީތި އިސްތަށިގަނޑަކާއި އޮމާން ހަންގަނޑުގެ ބޭނުމުގައި ތަފާތު ބާވަތްތައް ބޭނުންކުރާ މީހުން އުޅެއެވެ. މިއޮތީ މިފަދަ ފަރާތްތަކަށް އުފާވެރި ޚަބަރެކެވެ. އިސްތަށިގަނޑާއި ހަމުގެ ފަރުވާއަށް ޚާއްޞަ އުފެއްދުންތަކަށް މަޝްހޫރު ވިއާނާ ބްރޭންޑްގެ ޝޯވްރޫމެއް މާލޭގައި ވަނީ ހުޅުވައިފައެވެ. ހެންވޭރު އަޑިޕާކް ކައިރިން މަޖީދީ މަގަށް ދެވެން އޮންނަ ބޮޑުފުންގަނޑު މަގުގައި ހުންނަ މި ޝޯވްރޫމްއިން ވިއާނާ ބްރޭންޑްގެ ތަފާތު ޕްރޮޑަކްޓްތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބޭނެއެވެ. ވިއާނާ ބްރޭންޑަކީ އިސްތަށިގަނޑާއި ހަމުގެ ފަރުވާއަށް ޚާއްޞަ އުފެއްދުންތަކަށް މަޝްހޫރު […]