ޗައިނާގެ ޝިއާމެން އެއަރލައިންސް އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފެށުން

ޗައިނާގެ ޝިއާމެން އެއަރލައިންސް އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޝެޑިއުލް ދަތުރުތައް ވަނީ ފަށައިފައެވެ. ޝިއާމެން އެއަރލައިންސްގެ ފުރަތަމަ ޝެޑިއުލް ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖައްސާފައި ވަނީ މިއަދު އިރުއޮއްސުނުއިރުގައެވެ. ޝިއާމެން އެއަރލައިންސްގެ ޝެޑިއުލްޑް ފްލައިޓްތައް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފެށުން ފާހަގަކުރައްވާ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، މީގެ ކުރިން ޗާޓަރކޮށް ދަތުރު ކުރަމުން އައި މި އެއަރލައިނުން ޝެޑިއުލް ދަތުރުތައް […]
ކުޑަކުދިންނަށް ޚާއްސަ: ގަސްކަނޑާ މީހާ، މިވާހަކަ ކިޔުމަށްފަހު ޖަވާބުދިނުމަށް!

"ގަސްކަނޑާ މީހާ" މިއީ "މާމަގެ ޢިބްރަތްތެރި ވާހަކަތައް 1" މި ފޮތުގެ ވާހަކައެކެވެ. މި ވާހަކަ ވިސްނައިގެން ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބު ދޭށެވެ! ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅުމަށްޓަކައި މީހުން ތަފާތު މަސައްކަތްކުރެއެވެ. އެއްބަޔަކު ދަނޑުވެރިކަންކުރެއެވެ. އަނެއްބަޔަކު މަސްވެރިކަން ކުރެއެވެ. އަދި ބައެއް މީހުން ވަޑާމުގެ މަސައްކަތްކުރެއެވެ. އަދި މި ނޫން ވެސް ތަފާތު މަސައްކަތް ކުރާ މީހުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް އުޅެއެވެ. އެ ގޮތުން ޖަންގަލީން ގަސްކަނޑައިގެން އެ މަސައްކަތުން ލިބޭ އާމްދަނީއަކުން […]