ދަރަނި ނުދައްކާ ތިބި މީހުން ބިރުވެތިވާންޖެހޭ: މަރުވުމަށްފަހު ދަރަނި އަދާކުރެވެންދެން ފުރާނަ ވާހުށީ އެލުވިގެން- ޚުޠުބާ

ދަރަނި ދިނުމާއި ދަރަނި ނެގުމަކީ، އިސްލާމް ދީން ހުއްދަކުރާ ކަމެކެވެ. ނަމަވެސް ދަރަނި ނަގާން ވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައެވެ. ދަރަނި ދޫކުރި ފަރާތަށް ގެއްލުމެއް ދިނުމުގެ ނިޔަތަކު ނޫނެވެ. އަދި ދަރަނި އަދާކުރުން އަވަސްވެގަތުމަކީ، ދަރަނި ނެގި ފަރާތަށާއި، ދަރަނި ދޫކުރި ފަރާތަށްވެސް އެންމެ ފައިދާހުރި ގޮތެވެ. ބޮޑެތި ދަރަނި ނަގާންވާނީ އެފަދަ ދަރަނި އަދާކުރާނެ ގޮތުގެ ހިކުމަތްތެރި ރޭވުމެއް އޮވެގެންނެވެ. ދަރަނި ނުދެއްކި ޝަރީޢަތަށް މައްސަލަ ހުށަހެޅި ތިމާ ކުށްވެރިވެ، އެކަމުގެ ސަބަބުން […]