ކުކުޅުބިހުގެ ތޮއްޓަކީ ގަސް ހެއްދުމުގައި ބޭނުންކުރަން ކިހާ ފައިދާހުރި އެއްޗެއްކަން އެނގޭތަ؟

ކުކުޅު ބިހަކީ ކޮންމެ ދުވަހަކުވެސް އަހަރެމެން އެންމެން ކެއުމުގައި ބޭނުންކުރަމުން އަންނަ އެއްޗެކެވެ. ކެއުމުގައި ބޭނުންކުރަނީ އެތެރޭގައި ހުންނަ ބައިތަކެވެ. ގިނަ ފަހަރަށް ބިހުގެ ތޮށިގަނޑު އުކާލެވޭ ގޮތްވެއެވެ. ނަމަވެސް މިގޮތަށް ގޭގައި ބޭނުންކުރާ ބިސްތަކުގެ ތޮށިތައް ފައިދާހުރި ވަރަށްގިނަ ގޮތްތަކަކަށް ބޭނުން ކުރެވިދާނެއެވެ. އެގޮތުން މި ބަލާލަނީ ކުކުޅު ބިހުގެ ތޮށިގަނޑު ބޭނުންކުރެވިދާނެ ބައެއް ގޮތްތަކަށެވެ. ބަގީޗާ ނުވަތަ ގޭގައި ހައްދާ ގަސްތަކަށް ގަސްކާނާއެއްގެ ގޮތުގައި ބޭނުންކުރުން ބިހުގެ ތޮށިތައް ކުނޑިކުރުމަށްފަހު ގަހުގެ ބުޑަށް އަޅާ […]